މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ނޫރު މިސްކިތުގައި ނެވިލޯން އެޅުން

ރ. އަނގޮޅިތީމު ނޫރު މިސްކިތުގައި ނެވިލޯން އެޅުން.

      ރ. އަނގޮޅިތީމު ނޫރު މިސްކިތުގައި އަމިއްލަ ތަކެތީގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ރ. އަނގޮޅިތީމް ނޫރު މިސްކިތުގައި އަމިއްލަތަކެތީގައި ނެވިލޯން އަޅައިދޭނެ ފަރާތެއްހޯދުމަށް 2022 މާރިޗު 14 ވަނަ ދުވަހު މި އިދާރާގެ ނަންބަރު: (IUL)301-PJ/301/2022/68 އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައި ނުވާތީ އެއިޢުލާން ބާތިލުކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 އެޕްރީލް 04 ވާ ހޯމަ ދުވަހުން ފެށިގެން 2022 އެޕްރީލް 10 ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށް ނުވަތަ[email protected]  އަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީއާއެކު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސްތަކާއި ފޯމެޓްތައް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2022 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 ން 12:30 ށް މިއިދާރާގެ ނަންބަރު 6580071 ފޯނަށް ގުޅުއްވައި ނުވަތަ ކައުންސިލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2022
ހޯދާ