މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަނޑުމަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރު އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ޖެނެރަލް ޑިކްލަރޭޝަން ފޯމުގެ (MCS-111) ފޯމެޓަށް އިޞްލާހު ގެނައުން

ކަނޑުމަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ހޯދުމަށްއެދި ކަސްޓަމްސްއަށް MCS-111  މެދުވެރިކޮށް ހުށަހަޅަންޖެހޭ ޖެނެރަލް ޑިކްލަރޭޝަންގެ ފޯމެޓަށް ވަނީ އިޞްލާޙުގެނެވިފައެވެ. އެގޮތުން މިފޯމުގައި ހިމެނޭ  ބައެއް މަޢުލޫމާތުތަކަށް މިހާރު ވާނީ ބަދަލުގެނެވިފައެވެ.

ވީމާ 15 އޭޕްރީލް 2022 އިން ފެށިގެން ކްލިއަރެންސް ހޯދުމަށްއެދި ޖެނެރަލް ޑިކްލަރޭޝަން ހުށަހެޅުމުގައި، ބޭނުންކުރަންވާނީ އިސްވެ ދެންނެވުނު ފޯމެޓެވެ. މި ފޯމެޓް ކަސްޓަމްސް ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ އުޅަނދުފަހަރާއި އުޅަނދުފަހަރުގެ އޭޖެންޓުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 އެޕްރީލް 2022
ހޯދާ