ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެފަރާތެއް ހޯދުން (ތިންވަނަ އިއުލާން)
އިޢުލާން
މި މަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެފަރާތެއް ހޯދުން (ތިންވަނަ އިއުލާން)
ގދ.އަތޮޅު މަދަރުސާ ގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ދެވަނަ ފަހަރަށް ކުރި ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ވިޔަފާރި އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޭޕްރީލް 04 އިން 2022 އޭޕްރީލް 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި މަދަރުސާގެ އީމެއިލްއަށް [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
2.1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :
2.2- އީމެއިލް އެޑްރެސް:
2.3- ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2022 އޭޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަދަރުސާގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 އޭޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
04 އޭޕްރިލް 2022
ހޯދާ