މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިންތައް ދޫކުރުމާގުޅޭ

މިކައުންސިލްގެ ނަމްބަރ: (IUL)272-ESMS/272/2022/15 (07 މާރިޗު 2022) އިޢުލާނާ ގުޅިގެން، މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ކުލީބިންތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޢަދަދަކަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެބިންތައް ބީލަން އުސޫލުން ދޫކުރުމަށް ހުޅުވާލަމެވެ. އެގޮތުން ލޮނުމަހުގެ ވިޔަފާރިކުރުމަށް 2 ބިމެއް އަދި ކެފޭ ރެސްޓޯރެންޓް، އާއްމު ވިޔަފާރިކުރުމަށް 4 ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 07 އެޕްރީލް 2022 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި، ނޫމަރާ ޕްރީސްކޫލް ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 13 އޭޕްރީލް 2022 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

03 ރަމަޟާން 1443

04 އޭޕްރީލް 2022

04 އޭޕްރިލް 2022
ހޯދާ