ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދައިދީ އިންސްޓޯލްކޮށް، ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- މުލަކު ކައުންސިލްގެ އިދާރާއަށް 24000 ބީ.ޓީ.ޔޫ ގެ 2 އެއަރކަންޑިޝަނަރ ( އިންވަރޓަރ ) ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދިނުން
- އަޙްލީ ޕްރީސްކޫލަށް ގެނެވިފައިވާ 18000 ބީޓީޔޫގެ 1 އެއަރކަންޑިޝަނަރ އިންސްޓޯލްކޮށްދިނުން
- މުލަކު ކައުންސިލް އިދާރާގައި ހަރުކޮށްފައިވާ 18000 ބީޓީޔޫގެ 06 އެއަރ ކޮންޑިޝަންތައް ސާރވިސްކޮށް ދިނުން
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
12 އެޕްރީލް 2022 |
އަންގާރަ |
10:00 (ހެނދުނު) |
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
14 ފެބްރުއަރީ 2020 |
ބުރާސްފަތި |
10:00 (ހެނދުނު) |
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ |
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނު ނަންބަރ: 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 6720601 އަށް ގުޅުއްވުމަށްފަހު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.