މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
1443 ވަނަ އަހަރު ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލުން.
- ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެކެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެއެވެ.
މިއެންގުމާއި ޚިލާފުވާ ފަރާތްތަކައް ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.
03 އޭޕްރިލް 2022
ހޯދާ