ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/19 (23 ފެބްރުއަރީ 2022) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 އެޕްރީލް 2022 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/R2KFtED0yB

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏11‏ އޭޕްރިލް‏ 2022‏ (ހޯމަ‏)

12:00

މައުލޫމާތު ދިނުން

‏07‏ އޭޕްރިލް‏ 2022‏ (ބުރާސްފަތި‏)

10:00

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ)

‏12‏ އޭޕްރިލް‏ 2022‏ (އަންގާރަ‏)

10:00

 

މައުލޫމާތު ދިނުން އޮންލައިންކޮށް މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

03 އޭޕްރިލް 2022
ހޯދާ