ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާމަހުގެ ފިޠުރުޒަކާތް ނެގުމާގުޅޭ

މި އިޢުލާންވަނީ 03 އޭޕްރިލް 2022 16:08 ގައި ބާތިލް ކުރެވިފައެވެ.


1443 ވަނަ އަހަރު ރަމަޟާން މަހުގެ ފިޠުރުޒަކާތް ބަލއިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 (03 އެޕްރީލް 2022) އިން 27 ރަމަޟާން 1443 (28 އެޕްރީލް 2022) ވަނަ ދުވަހުގެ ނިޔަލަށެވެ. މުޅި ރާއްޖޭގައި މިއަހަރު ފިޠުރުޒަކާތް ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓް ތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާއްމުކޮށްފައިވާ ރޭޓް ތަކުންނެވެ.

ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގެ މިންވަރެވެ. ޒަކާތަށްނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެގޮތުން ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާ އިންނެވެ. ޒަކާތް ބަލައިގަންނާނީ ރަސްމީދުވަސްދުވަހު ހެނދުނު 9:30 ން 12:30 އަށެވެ.

           އޮންލައިންކޮށް ފައިސާދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރާ ސްލިޕްގައި (ޒަކާތް ދެއްކި ގޭގެ ނަން، މީހުންގެ ޢަދަދު ދެއްކިބާވަތް އަދި ދެއްކިފަރާތުގެ ނަމާއި އައި ޑީ ކާޑު ނަންބަރު) އެނގޭގޮތަށް ތަފްޞީލް ލިޔުއްވަން ވާނެއެވެ.

 

އެކައުންޓް ނަންނަބަރު: 7725 700429 004

އެކައުންޓްގެ ނަން: REVENUE 02 1434

ވައިބަރ ނަންބަރު: 7953640

 

           ފިޠުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި މިވަނީއެވެ.

 

 

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދުހަނޑޫ

77 ރުފިޔާ

3

ރަތް ހަނޑޫ

72 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

90 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

132 ރުފިޔާ

7

އާދައިގެ ފުއް

12 ރުފިޔާ

8

އާޓާ ފުއް

75 ރުފިޔާ

              މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.       

03 އޭޕްރިލް 2022
ހޯދާ