ދިވެހިރާއްޖެ
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގުރާމުތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް
- މެނޭޖްމަންޓް
- ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް ޕޮލިސީ
- މީޑިއާ އެންޑް ޕްރެޒެންޓޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އެންޓަރޕްރިނިއަރޝިޕް
- ޕާސަނަލް މެނޭޖްމަންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ސައިކޮލޮޖީ
- ސޮފްޓް ސްކިލްސް
- ދިވެހިބަސް
- އިނގިރޭސިބަސް
ބޭފުޅުން ހޮވުމުގައި ބަލާނެ ކަންތައްތައް:
- ތަޢުލީމު
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތުގެ ތަޖުރިބާ
އަތޮޅުތަކުގައި ހިންގާ ޓްރެއިނިން ޕްރޮގުރާމުތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެ އަތޮޅެއްގެ ނުވަތަ އެ އަތޮޅާ ކައިރި އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ.
ސިޓީ ފޮނުއްވަވާއިރު އެ ބޭފުޅެއް ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާތައް އެނގޭނެ ގޮތަށް ޖެއްސެވުން އެދެމެވެ.
ވީމާ، ޓްރެއިނިންގ ނަންގަވައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އެ ފަރާތެއްގެ ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ޓްރެއިނިންގ ނަންގަވައި ދެއްވުމަށް އެދި ހުށަހަޅާ ފަރާތްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޓްރެއިނަރސް ރަޖިސްޓަރީގައި ހިމެނޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.