މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލާއި މި އިދާރީ ދާއިރާގައި ހިމެނޭ ރަށުކައުންސިލްތަކުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތައް އާއްމުކުރުން

އިޢުލާން

މިކައުންސިލާއި މި އިދާރީ ދާއިރާގައި ހިމެނޭ ރަށުކައުންސިލްތަކުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތައް އާއްމުކުރުން

 ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 102 ވަނަ މާއްދާގެ (ށ) ގައި، ރަށު ކައުންސިލްތަކުން ފޮނުވާ އެ ކައުންސިލްތަކުގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅުކައުންސިލްތަކަށް ލިބޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މަޢުލޫމާތު ޢާންމުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މިކައުންސިލާއި މި އިދާރީ ދާއިރާއަށް ނިސްބަތްވާ ރަށުކައުންސިލްތަކުން ހިއްސާކޮށްފައިވާ، އެކައުންސިލްތަކުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތައް މި އިދާރާގެ ވެބްސައިޓް (https://shaviyani.gov.mv  ) ގައި އާއްމުކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏02‏ ރަމަޟާން‏ 1443

‏03‏ އޭޕްރިލް‏ 2022

03 އޭޕްރިލް 2022
ހޯދާ