ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެޑިއުކޭޝަން (ހދ. ކުޅުދުއްފުށީ ކެމްޕަސް)

ދާއިރާ:

މެތަމެޓިކްސް އެޑިއުކޭޝަން

ރޭންކް:

2

މަޤާމުގެ ޝަރުޠު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދާއި، ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު4,874.74 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް އެޑިއުކޭޝަން (ހދ.ކުޅުދުއްފުށީ ކެމްޕަސް)

ދާއިރާ

މެތަމެޓިކްސް އެޑިއުކޭޝަން

ރޭންކް:

1

މަޤާމުގެ ޝަރުޠު:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއްނެތި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 8  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސްއޫލިއްޔަތު:

  1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  2. ޑިޕާޓްމަންޓުގެ ދިރާސީ މަސައްކަތްތައް ހަރުދަނާކޮށް ހިންގުން.
  3. ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިސިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  4. މާއްދާގެ ކިޔަވައިދޭ ތަކެތި އުފެއްދުމަށް އިސްނެގުން.
  5. ރިސާޗް މަސައްކަތްކުރުން.
  6. ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން.
  7. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނުތައް ސާފުކުރުމާއި، އެސެސްކުރުމާއި، އިންވިޖިލޭޓްކުރުން.
  8. ކިޔަވައިދޭ މާއްދާތަކާގުޅޭ އިދާރީ މަސައްކަތް ކުރުން.
  9. ދަރިވަރުންނާއެކު މަޝްވަރާ ބޭއްވުން.
  10. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  11. މާއްދާ ކޯޑިނޭޓްކުރުން.
  12. ކޯސް ކޯޑިނޭޓްކުރުން.
  13. ދަރިވަރުންގެ ޓީޗިންގ ޕްރެކްޓިސް އޮބްޒާރވްކުރުމާއި، އެސެސްކުރުމާއި، މެންޓަރކުރުމާއި،  މިކަމާގުޅޭ އެހެނިހެން ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  14. މަރުކަޒާއި ޑިޕާޓްމެންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުމާއި، ރޭވުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުން.
  15. ދަރިވަރުންގެ ޓީޗިންގ ޕްރެކްޓިސް އޮބްޒަރވްކުރުމާއި، އެސެސްކުރުމާއި، މެންޓަރކުރުމާއި، މިކަމާގުޅޭ އެހެނިހެން ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  16. މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  •  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ) (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ވަޒީފާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑީޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސްނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
04 ސެޕްޓެންބަރު 2014
ހޯދާ