ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ
ނަންބަރ:245/245/2022/14(IUL)
އިޢުލާން
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލާގަތުމާއި ގުޅޭ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 ( 03 އޭޕްރީލް 2022 ) އިން 27 ރަމަޟާން 1443 (28 އޭޕްރީލް 2022) ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާ އިންނެވެ. ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 ން 12:30 އަށެވެ.
1443 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީ އެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އައިދާގެ ހަނޑޫ |
-/12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
-/77 ރުފިޔާ |
3 |
ރަތް ހަނޑޫ |
-/72 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ ( އައިދާގެ ) |
-/77 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
-/90 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
-/132 ރުފިޔާ |
7 |
އައިދާގެ ފުއް |
-/12 ރުފިޔާ |
8 |
އާޓާ ފުއް |
-/75 ރުފިޔާ |
އޮންލައިންކޮށް ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށް ފަހު ޓްރާންސްފާރ ކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރުމަށް ފަހު ސްލިޕް ވައިބަރ ކުރައްވާ އިރު (ޒަކާތް ދެއްކި ގޭގެ ނަން ، މީހުންގެ އަދަދު ، ދެއްކިބާވަތް އަދި ދެއްކި ފަރާތުގެ ނަން) އެނގޭ ގޮތައް ތަފްޟީލް ލިޔުއްވަން ވާނެއެވެ.
* ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރު: 7714 700299 004 (1283- ޚަރަދު 2 )
- ޓްރާންސްފަރ ކުރެއްވުމަށްފަހު 7999529 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
02 ރަމަޟާން 1443
03 އޭޕްރީލް 2022