ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރިސަރޗް އޮފިސަރ

މި ޑިޕާޓްމަންޓުގެ ނަންބަރު IUL)166/166/2014/92)ފ(25 ޖޫން 2014) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މި އިޢުލާނަކީ ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް އިސްލާޙުކުރެވި އެ އިޢުލާނު ބާޠިލުކޮށް ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމު: ރިސަރޗް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ޕްލޭނިންގ އެންޑް މޮނިޓަރިންގ/  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަތީ ތަޢުލީމާ ބެހޭ ޕްލޭންތަކާއި ޕޮލިސީތައް އެކުލަވާލުމަށްޓަކައި ރިސަރޗް ހެދުން އަދި ވަރކްޝޮޕް ފަދަ ހަރަކާތްތައް ރާވައި ހިންގުން.

- މަތީ ތަޢުލީމާ ބެހޭ ޕްލޭނިންގ ގެ މަސައްކަތްތައް

- މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީ ކޮށްދިނުމުގެ ގަވާއިދުގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް

- މަތީ ތަޢުލީމުގެ މާސްޓަރޕްލޭންގެ ދަށުން ހިންގަންޖެހޭ ޕްރޮޖެކްޓުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ޝަރުޠު: 

  1. ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 22 - 30 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

- އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މި ލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ. ދުވަސް/މަސް/އަހަރު އެނގެން ނެތްނަމަ އެލިޔުމަކަށް މާކްސް ދެވޭކަށްނޯންނާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާރޓްމަންޓުގެ ނަންބަރު 3341303، 3341307 ފޯނަށް ގުޅުއްވުން އެދެމެވެ. 

02 ސެޕްޓެންބަރު 2014
ހޯދާ