ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ:

1443 ވަނަ  އަހަރުގެ  ފިޠުރު  ޒަކާތް  ބަލައި  ގަތުމަށް  ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 ( 03 އޭޕްރިލް 2022 ) އިން ފެށިގެން 27 ރަމަޟާން 1443 ( 28 އޭޕްރިލް 2022 ) ވަނަ ދުވަހުގެ ނިޔަލަށެވެ.

              ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާއްމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން ނެވެ . ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާ އިންނެވެ.

            އޮންލައިންކޮށް ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށް ފަހު ޓްރާންސްފާރ ކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރުމަށް ފަހު ސްލިޕް ވައިބަރ ކުރައްވާ އިރު ( ޒަކާތް ދެއްކި ގޭގެ ނަން ، މީހުންގެ އަދަދު ، ދެއްކިބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭ ގޮތައް ތަފްޟީލް ލިޔުއްވަން ވާނެއެވެ.

އެކައުންޓް ނަމްބަރު : 163 000135 7730

އެކައުންޓް ނަން :   1430 REVENUE  02

ވައިބަރ ނަމްބަރު :  7767438

 

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

12  ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

77  ( ހަތްދިހަ ހަތްރުފިޔާ )

ރަތް ހަނޑޫ

72  ( ހަތްދިހަ ދެރުފިޔާ )

ބާސްމަތީ ހަނޑޫ ( އާދައިގެ )

77  ( ހަތްދިހަ ހަތްރުފިޔާ )

ބާސްމަތީ ހަނޑޫ ( މޮޅު )

90  ( ނުވަދިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

132 ( ސަތޭކަ ތިރީސްދެރުފިޔާ )

އާދައިގެ ފުއް

12  ( ބާރަ ރުފިޔާ )

އާޓާ ފުއް

75  ( ހަތްދިހަ ފަސްރުފިޔާ )

02 އޭޕްރިލް 2022
ހޯދާ