ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް ބާވައިދޭނޭ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: D-381/IUL-2022/13(17 މާރޗް 2022) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކުޑަހުވަދޫ ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް ބާއްވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
1- ބީލަމުގައި ރަޖިސްޓްރީކުރާނޭ ތާރީހް: 2022 އޭޕްރީލް 03 ން 2022 އޭޕްރީލް 05 ވަނަ ދުވަހުގެ ނިޔަލަށް،
2- ބީލަން ރަޖިސްޓްރީކުރާނީ ރަސްމީދުވަސްތަކުގައި ކޮންމެދުވަހެއްގެ ހެނދުނު 9:00 ން 12:00 ގެ ނިޔަލަށެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ.
3- ޕްރޮޕޯސަލް ހުށަހެޅޭނީ ކުޑަހުވަދުއަށް ނިސްބަތްވާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށެވެ.
4- ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 500.00ރުފިޔާ.
5- ބީލަމާގުޅޭ ޕްރީބިޑްމީޓިން އޮންނާނީ 2022 އޭޕްރީލް 07 ވަނަ ދުވަހުގެ 12:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައި.
6- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އޭޕްރީލް 10 ވަނަދުވަހުގެ 12:00އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ.
7- ބީލަންތައް ހުޅުވުން އޮންނާނީ 2022 އޭޕްރީލް 10 ވަނަދުވަހުގެ 12:00ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައި.
8- ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލްކުރެވޭނެއެވެ.
ވީމާމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.