ދިވެހިރާއްޖެ
އިޢުލާން
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ ބޭރުގައާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ ޢިމާރާތުގެ ބޭރުގައި (ވަށާފާރު ހިމެނޭގޮތަށް) ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 21 ވަނަ ދުވަހު ކުރެވުނު، މިކޯޓުގެ ނަންބަރު: (IUL)P3C-A2022/03 އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައި ނުވާތީއާއި، މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެނެސްފައިވާތީ، އިޢުލާން ބާޠިލުކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 13 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820750 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 ޝަޢުބާން 1443
31 މާރިޗު 2022