އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގެ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން (2ވަނަ).

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގެ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން (2ވަނަ).

މިއިދާރާގެ ގޯތި ތެރޭގައި ޢިމާރާތްކޮއްފައިހުރި ކޮންފަރެންސްހޯލު (އާދަމް ޙުސައިން މާލަމް) ގައި ކުރަން ހުރި މަސައްކަތްތައް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 05 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް 150.00 (އެއްސަތޭކަ ފަންސާސް ރުފިޔާގެ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައި ގަންނާނީ 03 އޭޕްރީލް 2022 އިން 05 އޭޕްރީލް 2022 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:30އަށް މިއިދާރާއަށެވެ. ޓްރާންސްފައި ކުރައްވާނަމަ، މިއިދާރާގެ ނަމްބަރ:  7721700484001 އެކައުންޓަށް. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަމްބަރާއި އީ- މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މަތީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން (ޕްރީ ބިޑް މިޓިންގ) އޮންނާނީ 05 އޭޕްރީލް 2022 ބުދަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މީޓިން ކުރިއަށްދާވަގުތު ހުށަހެޅޭނެއެވެ.
  • އޮންލައިންކޮށް ބީލަން ހުށަހަޅާނަމަ، މެއިލްކުރާ ފައިލްތަށް ހުންނަވާނީ ޕީޑީއެފްކޮށް ލޮކް ކުރެވިފައެވެ. އަދި ޕާސްވޯޑް ފޯރުކޮށްދެއްވާނީ އޮންލައިން މީޓިންގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           28 ޝަޢުބާން 1443

31 މާރިޗު 2022

                

31 މާރިޗު 2022
ހޯދާ