ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އިއުލާނު

 

            2022ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 

  (ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި ( ދަށު ސާނަވީ، ސާނަވީ، މަތީ ސާނަވީ)

   - ދަށު ސާނަވީ (ކީ ސްޓޭޖް 3)

   - ސާނަވީ (ކީ ސްޓޭޖް 4)

   - މަތީ ސާނަވީ (ކީ ސްޓޭޖް 5)

  1. މަތީ ތަޢުލީމުގެ ބައި ) ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)
  2. އަމިއްލަފަރާތްތަކުގެ ބައި ( 18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)
  3. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި


  (ށ) މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.

  (ނ) މި މުބާރާތް އޮންނާނީ:

1. 2022 މޭ 9އިން 23 (ދަށު ސާނަވީ، މަތީ ސާނަވީ، މަތީ ތަޢުލީމު، (ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ) އަމިއްލަފަރާތްތައް، އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް.)

2. 2022 ޖޫން 22އިން 30އަށް (ސާނަވީ ގިންތި)

 (ނ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 (ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ގޫގުލް ފޯމު ފުރިހަމަކުރުމަށް ފަހު 2022 އޭޕްރީލް 17ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ހުށައަޅަންވާނެއެވެ.

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ގޫގުލް ފޯމުގެ ލިންކުތައް

  1. އިސްކޫލުތަކުގެ ބައި

https://docs.google.com/forms/d/e/1FAIpQLSd3tBrL7AXuBQ_z45wyj5vGytyti8FKnYVb6fzrPBHqNt7nHw/viewform?usp=sf_link

  2.މަތީ ތަޢުލީމުގެ ބައި

https://docs.google.com/forms/d/e/1FAIpQLSdDMkdqUUKd6DjbZAQFrOQZ9EIw51emti2jd9HY-xECGXv7uA/viewform?usp=sf_link

  3. އަމިއްލަފަރާތްތަކުގެ ބައި

18 އަހަރުން ދަށް

18 އަހަރުން މަތި

https://docs.google.com/forms/d/e/1FAIpQLSf8dNIiFio7-Ubqt6FePLMt8MsLIdHaZi7s3BscCH1eDzungg/viewform?usp=sf_link

4.އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

https://docs.google.com/forms/d/e/1FAIpQLSctHe9qln2cjxIAeolCzuu5_P5n4x_xYpOWZtx5uW6Akfnwsg/viewform?usp=sf_link

  (ޅ) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  7986230ން ލިބޭނެއެވެ.

 

 

________________

 

31 މާރިޗު 2022
ހޯދާ