މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

އިޢުލާން

                                      ނަންބަރު: (IUL)307/INDIV/2022/25  

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:

 

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 03 އޭޕްރީލް 2022 (2 ރަމަޟާން 1443) ވާ އާދިއްތަ ދުވަހުން ފެށިގެން 28 އޭޕްރީލް 2022 (27 ރަމަޟާން 1443) ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:15 އިން 12:30 އަށެވެ.

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރު ތެރޭގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކަށް ބަލައިގެންނެވެ. އެގޮތުން ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޟީލްތައް ތިރީގައި އެވަނީއެވެ.

  1. އާދައިގެ ހަނޑުލުންނަމަ، މީހަކަށް -/12.00 (ބާރަ ރުފިޔާ)
  2. ބާސްމަތީ އާދައިގެ ހަނޑުލުންނަމަ، މީހަކަށް -/77.00 (ހަތްދިހަ ހަތް ރުފިޔާ)
  3. ބާސްމަތީ މޮޅު ހަނޑުލުންނަމަ، މީހަކަށް -/90.00 (ނުވަދިހަ ރުފިޔާ)
  4. ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ، މީހަކަށް -/132.00 (ސަތޭކަ ތިރީސް ދެ ރުފިޔާ)
  5. ރަތްހަނޑުލުން ނަމަ، މީހަކަށް -/72.00 (ހަތްދިހަ ދިހަ ދެ ރުފިޔާ)
  6. ތައިލަންޑް ހަނޑުލުން ނަމަ، މީހަކަށް -/77.00 (ހަތްދިހަ ހަތް ރުފިޔާ)
  7. އާދައިގެ ފުށުން ނަމަ، މީހަކަށް -/12.00 (ބާރަ ރުފިޔާ)
  8. އަދި އާޓާ ފުށުން ނަމަ، މީހަކަށް -/75.00 (ހަތްދިހަ ފަސް ރުފިޔާ)

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

31 މާރިޗު 2022
ހޯދާ