ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ގަރާޖަށް ޝަޓަރ ގޭޓޭއް ފޯރުކޮށްދިނުމަށް

   މިއިދާރާގެ ނަންބަރު (IUL)248-ED/248/2022/26 (15 މާރިޗު 2022) އިން މިއިދާރާގެ ގަރާޖަށް ޝަޓަރ ގޭޓެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާގުލިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބަތިލްކޮށް އެފުރުޝަތު އަލުން ހުޅުވާލަމެވެ.

   ވީމާ، މިމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 31 މާރިޗު 2022 އިން 07 އެޕްރީލް 2022 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

   މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ކައުންސިލް އިދާރާގެ ގަރާޖަށް ޝަޓަރ ގޭޓޭއް ފޯރުކޮށްދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 މާރިޗު 2022
ހޯދާ