މަޤާމް:
|
އިންޓަރން
|
ބޭނުންވާ އަދަދު:
|
06
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ޔުނިވަރސިޓީގެ އެކި ޑިޕާރޓުމަންޓު ތަކުގައި
|
މަސައްކަތު ގަޑި:
|
މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ދުވާލަކު 6 ގަޑިއިރު
|
މުއްދަތު:
|
6 މަސް ދުވަސް
|
ޢުޖޫރަ:
|
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 165.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދުވަހުން ދުވަހަށް ޑިޕާރޓްމެންޓްގެ ލިބޭތަކެތި އެންޓްރީކޮށް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ރޫޓް ކުރަންޖެހޭ ފަރާތްތަކަށް ރޫޓް ކުރުމާއި، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފައިލް ކުރަންޖެހޭ ލިޔެކިއުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެމޯ، ނޯޓް ފަދަތަކެތި ބަލައިގަތުމާއި އެންޓްރީކުރުމާއި ސްކޭން ކުރުމަށްފަހު ސްޕަވައިޒަރ/ވެރިޔާގެ އަރިހަށް ގެންދިއުމާއި އަދި ވެރިން ދެއްވަވާ ޖަވާބުތައް ލިޔެ ފުރިހަމަކުރުމަށްފަހު އެޖަވާބުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޖެމްސް، އީމެއިލް ގެ ޒަރީއްޔާއިން ފޮނުވުމަށް ފަހު އެފަދަ ލިޔުން ފައިލް ކުރުން.
- އެކި ޑިޕާޓްމަންޓްތަކުން ބާއްވާ އިވެންޓްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ޑިޕާޓްމަންޓްގެ އިދާރީ ހުރިހާ ކަމެއް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓާ އަދި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ގްރޭޑް 10 ނިންމާފައިވުން
- އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން.
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެވޭނެއެވެ.
https://www.ium.edu.mv/gazette/job-application-form
https://www.ium.edu.mv/gazette/job-application-form-dhivehi
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓފިކެޓް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) )ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން(
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
ium.to/intern
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާނީ 10 އޭޕްރީލް 2022 ވަނަ ދުވަހުގެ 23:59 އަށް
|
ޝޯޓް ލިސްޓްކުރުން
|
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ. އަދި ވަޒީފާގައި އުޅުނުކަމުގެ ލިޔުންވެސް ދެވޭނެއެވެ.
|
އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- އީ-މެއިލް ކުރާނީ [email protected] އަށެވެ.
|