ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ އިން ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފުކުރުމާއި ގުޅޭ

އިޢުލާން

                       

  ކުނަހަންދޫ އިން ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފުކުރުމާއި ގުޅޭ  

           

            ދައުލަތުން ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތިތެރެ ސާފްކުރުމާއި، ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފްކޮށް ބެލެހެއްޓުމަށް ސަރުތުކޮއްފައިވެއެވެ. އަދި ގޯއްޗާއި ބެހޭގޮތުން އަމަލު ކުރަންވީ ގޮތުގެ އުސޫލު ގޯތީގެ ރަޖިސްޓްރީ ސެޓްފިކެޓްގައިވެސް ބަޔާންކުރެވިފައިވާނެއެވެ. އެހެންނަމަވެސް މި އުސޫލާއި ހިލާފައް ބައެއް ގޯތިތަކުގައި ގަސްހެދި ވިނަ ބޯވެ، މަގުމައްޗާއި ގޯތިތެރެ ވަރަށް ބޮޑަށް ނުސާފްކޮށް އޮންނަކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ނުސާފުކޮށް އޮތުމުގެ ސަބަބުން އާންމު ރައްޔިތުން ހިގާބިގާވެ އުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ގޯތި ރަޖިސްޓްރީ ކޮއްދޭއިރު ގޯތި ހަވާލުކުރެވޭތާ 6 މަސް ދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ނުވަތަ ފުޅައް އަޅަންވާނެކަމާއި ގޯޗާއި ގޯތީގެ މަގު ސާފްކޮށް ބަލަހައްޓަންވާނެ ކަމަށް ބަޔާންކުރެވިފައި ވެއެވެ.

           މިހާތަނަށް ކުނަހަންދޫއިން ދޫކުރެވިފައިވާ ހުރިހާ ގޯތިތަކުގައި ފޫޓް އެޅުމަށްފަހު ވެރިފަރާތާއި  ލިޔުމުން ވާނީ ހަވާލު ވެސް ކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކެއްވަނީ ސާފުނުކޮށް ގަސްބޯވެ ގޯތި ވަކިކުރަން ނޭގޭ ވަރަށް ވިނަވެފައެވެ. އެހެންކަމުން ލ.ކުނަހަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 8 ވަނަ ޖަލްސާގެ ނިންމުމުގެ 3 ވަނަ ނަމްބަރުގައި ވާ ގޮތަށް މިހާތަނަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް އިމާރަތްކުރަން ނުފަށާ ގޯތިތަށް 01 އޭޕްރީލް 2022 ވަނަ ދުވަހުން ފެށިގެން (30 އޮކްޓޫބަރު 2022) 6 މަސް ދުވަހުގެ ތެރޭގައި ގޯތި ސާފްކޮށް އިންވަކިކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ދެންނެވުނުގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ ގޯތިތަށް ކައުންސިލަށް ނެގުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ. ސަބަބަކީ ގޯތިދޫކުރުމުގެ ބޭނުމަކީ ދިރިއުޅެން ކަމަށް ވެފައި އެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ގިނަ ފަރާތްތަކުން ނުހިފާތިއެވެ.   

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޯތި ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅެން ނުފަށާ އެއްވެސް ވަރަކަށް ގޯތި ސާފްކޮށް އިންފާރު ވަކިނުކުރާ ނޫނީ އިމާރަތް ކުރަންނުފަށާ ފަރާތްތަކުގެ ގޯތިތަކާއި މެދު މި ކައުންސިލްގެ ނިންމުމާއި އަދި ޕްލޭނިންގ މިނިސްޓްރީގެ ގަވައިދާ އެއްގޮތަށް އަމަލުކުރެވޭނެ ކަމުގައި ވެސް ދަންނަވަމެވެ.

އަމަލުކުރެވޭނެ ޤާނޫން އަދި ގަވައިދުތަށް

  1. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދު (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވޮލޮޕްމެންޓް )
  2. ޤާނޫން ނަމްބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫން) މާއްދާ 14 (ހ)
30 މާރިޗު 2022
ހޯދާ