މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 30.04 ރަޖިސްޓްރީ ކުރުމާއި ބެހޭ

 

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 30.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ޖަވާހިރުއައްސޭރި އަލްފާޟިލް މުޙައްމަދު އަޙްމަދު އާއި ރ.ކަނދޮޅުދޫ ޖަވާހިރުއައްސޭރި އަލްފާޟިލާ ނަފީސާ އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2022 އެޕްރީލް 03 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                    މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 30.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ޖަވާހިރުއައްސޭރި އަލްފާޟިލް މުޙައްމަދު އަޙްމަދު އާއި ރ.ކަނދޮޅުދޫ ޖަވާހިރުއައްސޭރި އަލްފާޟިލާ ނަފީސާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                                

                                 27 ޝަޢުބާން      1443

                                 30 މާރޗް        2022

30 މާރިޗު 2022
ހޯދާ