ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

 

ރަޖިސްޓަރީ ކުރުން:    ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 06 އޭޕްރިލް 2022 ވަނަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް  [email protected]އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

  • މި މަސައްކަތުގެ އިޢުލާން ނަންބަރު:
  • ކުންފުނި/ ވިޔަފާރީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
  • އީމެއިލް އެޑްރެސް:

 

ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

 

 

 

ބީލަންކަރުދާސް ދޫކުރުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 06 އޭޕްރިލް  2022 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން:    ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 07 އޭޕްރިލް 2022 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

 

ސުވާލާއި ޖަވާބު:     ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 10 އޭޕްރިލް 2022 ވަނަ ދުވަހުގެ 1100 ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 11 އޭޕްރިލް 2022 ވަނަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަން ހުށައެޅުން:    ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 14 އޭޕްރިލް 2022 ވަނަ ދުވަހު 1100 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

ފޯނު:   3344262

އީމެއިލް:[email protected]

 

30 މާރިޗު 2022
ހޯދާ