ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ސަރުކާރުން ކަނޑައެޅުއްވި ފަޅުން ވެލިނެގުމާ ގުޅޭ

             ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކާއި ޤުދުރަތީ ގޮތުން ތަފާތުކޮށް އުފެދިފައިވާ އަތޮޅަކަށްވެފައި އަދި ފުވައްމުލަކު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް ވަކި ސަރަޙައްދެއް ކަނޑައެޅިފައި ނުވާތީ، އެކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުވަދުއަތޮޅު ދެކުނުބުރީ މަހުޓިގަލާގެ އިރުދެކުނުން 3 މޭލު އަދި ކަޑަހަލަގަލާގެ އިރުއުތުރުން 1.5 މޭލު. GPS ޕޮޒިޝަން ތޫލު: 73°13'5-26”E، ޢަރްޟު: 0°15'51-19”N ގައި އޮންނަ އޮޑެގައްލާފަޅު (ޢާންމުކޮށް ކިޔާނަން "ހިއޮޑިގައްލާ") ފުވައްމުލަކު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް ޚާއްޞަކުރައްވައި 22 ޖޫން 2014 ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވަނީ އިޢުލާން ކުރައްވާފައެވެ.

             ސަރުކާރުން މިހެން ކަނޑައެޅުއްވުމާ ގުޅިގެން އޮޑިގައްލާފަޅު (ހިއޮޑިގައްލާ) ފަޅަކީ ވަރަށް ފުން އަދި ދޮންވެލި ނެތް ފަޅެއްކަމުގައި ޢާންމު ބައެއް ފަރާތްތަކުން މިކައުންސިލަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން 28 އޮގަސްޓު 2014 ދުވަހު މިކައުންސިލްގެ ބައެއް ކައުންސިލް މެމްބަރުންނާއި، އިދާރާގެ މުވައްޒަފުން ހުވަދު އަތޮޅަށް ދަތުރެއް ކޮށް އޮޑެގައްލާ ފަޅު (ހިއޮޑިގައްލާ) ގައި ވެލިހުރިތޯއާއި، އެފަޅުގެ ފުންމިނަކީ ކޮބައިކަން ބަލާފައެވެ. މިކައުންސިލްގެ މުވައްޒަފުން އޮޑިގައްލާ (ހިއޮޑިގައްލާ) ފަޅަށް ފައިބައިގެން ބެލިބެލުމުގައި އެފަޅުގައި ވެލި ހުރިކަމާއި، އަދި އެފަޅަކީ ފުން ފަޅެއް ނޫންކަން ވަނީ ފާހަގަކުރެވިފައެވެ.

             ވީމާ، ހުވަދުއަތޮޅު ދެކުނުބުރީ އޮޑިގައްލާ (ހިއޮޑިގައްލާ) އިން ވެލިނަގަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއަށް ވަޑައިގަތުމުން ނުވަތަ ސިޓީއަކުން ވެލިނަގަން ބޭނުންވާ ވެލީގެ އަދަދު މިއިދާރާއަށް ހުށަހެޅުމުން އޮޑެގައްލާ (ހިއޮޑިގައްލާ) އިން ވެލި ނެގުމަށް ބޭނުންވާ ހުއްދަ މިއިދާރާއިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ