ދިވެހިރާއްޖެ
ނައިފަރު ފުޓްބޯޅަ ދަނޑުގައި ޖަހަން ފަށާފައިވާ ފެންސްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮންޓްރެކްޓް އުޞޫލުން ފުރިހަމަކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ބައްލަވާގަނެ، ބިޑްގެ ޝަރުތު ހަމަވާނަމަ ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ބިޑް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް އެންމެ ފަރާތަކުން ބިޑް ހުށަހެޅި ކަމުގައި ވިޔަސް ހުށަހެޅުން އެކަށީގެންވާނަމަ އެފަރާތާއި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެއެވެ. |
ބިޑް ޑޮކިޔުމެންޓްސް ވިއްކުން ބިޑް ޑޮކިއުމެންޓް ގަންނަން ލިބެން ހުންނާނީ 29 މާރޗް 2022 (އަންގާރަ) ދުވަހުން ފެށިގެން 10 އޭޕްރީލް 2022 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 ރުފިޔާއެވެ. ބިޑްގަތުމަށްޓަކައި ނައިފަރު ކައުންސިލްގެ ބަޖެޓް ޔުނިޓްގެ ވައިބަރ ނަންބަރު 7988627 އަށް ޑިޕޮސިޓް ސްލިޕާއިއެކު ބިޑް ގަންނަ ފަރާތުގެ މަޢުލޫމާތު ފޮނުއްވުން އެދެމެވެ. އެކައުންޓް ނަންބަރު: 7705700335001 އެކައުންޓް ނަން: 1370 ރެވެނިއު 1 |
ބިޑް އޯޕަން މީޓިންގ 12 އޭޕްރީލް 2022 (އަންގާރަ) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި. ބިޑް ހުށަހަޅާފަރާތަށް ޙާޟިރުވެވެން ނެތް ހިނދެއްގައި ބިޑް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. މިގޮތަށް އަންނަ ފަރާތަކީ ބިޑް ހުށަހަޅާފަރާތުގެ މަންދޫބެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ލިޔުން ހުށަނާޅާނަމަ ބިޑް ބަލައެއް ނުގަނެވޭނެއެވެ. |