ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ފައިނޭންސް އޮފިސަރ

އިޢުލާނު

މަޤާމު:

ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

މުސާރަ:

މަހަކު6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު 3000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ.
  • މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި އެހީގެ ގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
  2. އޮތޯރިޓީގެ އަހަރީ ބަޖެޓް، ސެކްޝަންތަކާއި ގުޅިގެން ތައްޔާރުކުރުން.
  3. އޮތޯރިޓީގެ ބަޖެޓު ބެލެހެއްޓުން.
  4. އޮތޯރިޓީއިން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ސުޕަވައިޒަރުގެ އިރުސާދާއެކު ފައިސާ ދެއްކުން.
  5. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާގުޅިގެން ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮތޯރިޓީގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާ ބެހޭގޮތުން އެކިއެކި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްކުރުން.
  7. މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓްތައް ސުޕަވައިޒަރުގެ އިރުސާދާއެކު ގަވާއިދުން އެކުލަވާލުން.
  8. އޮތޯރިޓީއިން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާއި ގުޅޭ އިންތިޒާމް  ހަމަޖެއްސުމާއި ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުން.
  9. ފައިސާއާބެހޭ ހުރިހާ ލިޔެކިޔުމެއް ސުޕަވައިޒަރުގެ އިރުސާދާއެކު ބެލެހެއްޓުން.
  10. ލިޔެކިޔުމަށާއި، އެނޫންކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ހަރުމުދަލާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުސާދާއެކު ކުރުން.
  11. ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުންތަކަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުން.
  12. އެގްރިމަންޓް ހަދަންޖެހޭ ބާވަތުގެ ކަންކަމުގައި އެގްރިމެންޓް ހެދުމާއި އެގްރިމަންޓާ އެއްގޮތަށް މަސައްކަތްދޭތޯ ބެލުމާއި، ނުދާނަމަ  އެމަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން.
  13. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑް ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  14. އޮތޯރިޓީގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓަރުންނަށް އެހީތެރިވުން.
  15. އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  16. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ތައުލީމީ ފެންވަރު:

  1. އެކައުންޓިންގ، ފައިނޭންސް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ (ލެވެލް 7) ހާސިލްކޮށްފައިވުން، ނުވަތަ އެކައުންޓިންގ، ފައިނޭންސް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ (ލެވެލް 5) ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސްއޫލިއްޔަތުތަކާއި ގުޅޭ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.)

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 10 އޭޕްރީލް 2022 ގެ 12:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
  • ފޯން: 3010551
  • ފެކްސް: 3010552
  • އީ-މެއިލް: [email protected]
  • ވެބްސައިޓު: www.fpa.gov.mv
  • ފޭސްބުކް: www.facebook.com/fpa.maldives
28 މާރިޗު 2022
ހޯދާ