ސިވިލް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތަކާބެހޭ މަސައްކަތް ކުރުމަށް

މިކޯޓުގެ ނަންބަރު A3/2014/743-ފ144 (11 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ކުރަންޖެހޭ މަސައްކަތް:

ޖަސްޓިސްބިލްޑިންގ ތިންވަނަ ފުލޯގައި މިކޯޓު ހިންގަމުންދާ ޢިމާރާތުގައި ބޭނުންކުރަމުންދާ އެއަރކޮންޑިޝަންތަކުުގެ ތެރެއިން 3 އެއަރކޮންޑިޝަން މިހާރުހުރި ތަންތަނުން ނައްޓައި، ސާރވިސްކޮށް އެހެން ދިމަދިމާއަށް ބަދަލުކުރުމާއި، އަދި އަލަށް 5 އެއަރކޮންޑިޝަން ހޯދުމުގެ އިތުރުން 1 އެއަރކޯން ސާރވިސްކުރުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:30 އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:30އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ