ދިވެހިރާއްޖެ
"އިންވެސްޓްމަންޓް އެޑްވައިޒަރ" ޓްރެއިނިންގ ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުން
މިއޮތޯރިޓީން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "އިންވެސްޓްމަންޓް އެޑްވައިޒަރ" ޓްރެއިނިންގ ޕްރޮގްރާމް ޑިވެލޮޕްކޮށް، އެ ޕްރޮގްރާމް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމްގެ މަޤްޞަދަކީ އިންވެސްޓްމަންޓް އެޑްވައިޒަރުންގެ ލައިސަންސަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުމެވެ.
ޓާގެޓް އޯޑިއެންސް
މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އިންވެސްޓްމަންޓް އެޑްވައިޒަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އަދި އިންވެސްޓްމަންޓް އެޑްވައިޒަރ އިމްތިޙާން ހެދުމަށް ބޭނުންވާ ފަރާތްތައް ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 20 އާއި 30 އާ ދެމެދު އަދަދުގެ ބައިވެރިންނެވެ.
ޕްރޮގްރާމްގެ މުއްްދަތު
3 (ތިނެއް) ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މިޕްރޮގްރާމް ބޭއްވުމަށް އަމާޒުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ޕްރޮގްރާމް ތައްޔާރުކުރާ ފަރާތުގެ މަސްއޫލިއްޔަތު
ކޯސް އައުޓްލައިނަށް ބިނާކޮށް ކޯސް މެޓީރިއަލް ތައްޔާރުކުރުމާއި، އިންވެސްޓްމަންޓް އެޑްވައިޒަރ ޕްރޮގްރާމްގައި ކިޔަވައިދޭނެ ފަރާތެއް ހަަމަޖައްސައިދިނުމާއި އަދި އެގްޒާމް ޕޭޕަރ (100 މަލްޓިޕްލް ޗޮއިސް ސުވާލާއި ޖަވާބާއެކު) ތައްޔާރުކޮށް ދިނުން
ކޯސް ފެށުމުގެ 1 (އެކެއް) ހަފްތާގެ ކުރިން ކޯސް މެޓީރިއަލްސް ސީ.އެމް.ޑީ.އޭއަށް ފޯރުކޮށްދިނުމާއި، އަދި ކޯސް ނިމޭތާ 1 (އެކެއް) ހަފްތާގެ ތެރޭގައި އެގްޒާމް ޕޭޕަރ ސީ.އެމް.ޑީ.އޭ އާ ހަވާލުކޮށްދިނުން
މި ޓްރެއިނިންގ ޕްރޮގްރާމާބެހޭ ކޯސް އައުޓްލައިން، އިވެލުއޭޝަން ކުރައިޓީރިއާ އަދި ލެކްޗަރަރއިންގެ ޝަރުޠުތަކުގެ މަޢުލޫމާތު ސީ.އެމް.ޑީ.އޭގެ ވެބްސައިޓުން (http://cmda.gov.mv/docs/Course_Outline_Investment_Adviser.pdf) ލިބެން ހުންނާނެއެވެ.
އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމް ހުށަހަޅައިދިނުމަށް ޝަައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވައި ދެއްވުން ނުވަތަ އީމެއިލްކުރެއްވުން އެދެމެވެ.
ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،
4ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ،
ބޮޑުތަކުރުފާނު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3336619 3014112
ފެކްސް: 3336624
އީމެއިލް:[email protected]
ވެބްސައިޓް:www.cmda.gov.mv
05 ޛުލްޤަޢިދާ 1435