ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރަސްމާދޫ ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށް 1500kg ގެ ޕިކަޕެއް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު:(IUL)306/306/2022/15 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މިކަމަށް ޝަރުތުފުރިހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗް 30 އިން 2022 އެޕްރީލް 07 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރަން އެދޭ ފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6580049 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އެޕްރީލް 10 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން މި ކައުންސިލްގެ[email protected] އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.
މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް[email protected]:
ފޯން : 6580049