މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަރުމަސްވެރިކަމުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

ފަރުމަސްވެރިކަމުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގަމުންދާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުން ހިންގޭ ފަރުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ނެއްލައިދޫގައި ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކުރުމަށް ޝައުގެވެރިވާފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު ((IUL)30-PMU1/30/2022/100) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިނުވާތީ އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްސީލް:

  • ރަށުގެ ބަނދަރަށް ލަފާ ހިބަރު، ފަރުމަސް އަދި ކަނޑު މަސްވެރިކަމުގެ ދޯނި ފަހަރުން މަސައްކަތުގެ ތަފްސީލް ބަޔާންކޮށްފައިވާ ލިޔުމުގައި ވާ އުސޫލުން މަހަކު ޖުމްލަ 40 (ހަފްތާއަކު 10) ދަތުރާއި ގުޅޭ މަސްވެރިކަމުގެ މައުލޫމާތު އަދި ބާނާފައިވާ މަހުގެ ދިގުމިނާއި ބަރުދަން ނެގުން.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު (އެއްބަސްވުމުގައި ތަފްސީލް ކުރެވޭނެ) ނެގުމުގައި އެހީތެރިވެދިނުން.

ނޯޓު: މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތާއި ހަވާލުވާ ފަރާތެއްގެ ޒިންމާއެކެވެ.

ބޭނުންވާ ޢަދަދު:                1

މުއްދަތު:                     މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 8 މަސް ދުވަސް.

މަސައްކަތުގެ އަގު:              މަސައްކަތްކުރާ ކޮންމެ މަހަކަށް 5400/- ރުފިޔާ 

މަސައްކަތް ކުރަންޖެހޭ ތަން:         ހދ. ނެއްލައިދޫ ބަނދަރުގައި

ޕޮއިންޓް ދިނުމުގެ އުސޫލު :

  • ތައުލީމީ ފެންވަރު:  80 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވާ ފަރާތެއް ނަމަ 80 ޕޮއިންޓް، ގްރޭޑް 7 ނިންމާފައިވާ ފަރާތެއް ނަމަ 50 ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ 40 ޕޮއިންޓް)
  • ތަޖުރިބާ : 20 ޕޮއިންޓް (މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތަކަށް ބަލާފައި، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް 20 ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 10 ޕޮއިންޓް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސްކޫލް ލީވިންގ ސެޓްފިކެޓް، ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން

 

މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2022 ވާ އާދީއްތަ  ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް އިން ނަމަ، [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3322328 އަދި 3028717 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

26   ޝަޢުބާން   1443

29 މާރިޗު 2022
ހޯދާ