ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ގދ. ތިނަދޫ މަރިޔަމް މިސްކިތުގައި ކާރޕެޓް އެޅުމަށް ބޭނުންވާ ކާރޕެޓް ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ބީލާން ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން |
03 އޭޕްރީލް 2022 |
އާދިއްތަ |
13:30 (މެންދުރު) |
ގދ. ތިނަދޫ ކައުންސިލްގެ އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވާ ފަރާތްތަކަށެވެ.
ގދ. ތިނަދޫ މަރިޔަމް މިސްކިތަށް ބޭނުންވާ ކާރޕެޓް ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
- 1. މަސައްކަތުގެ ތަފްޞީލް:
1.1 ގދ. ތިނަދޫ މަރިޔަމް މިސްކިތަށް ބޭނުންވާ ކާރޕެޓް ހޯދައިދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- 2. އާންމު މަޢުލޫމާތު:
2.1 ގަތުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް ހިމަނާފައިވާނެއެވެ.
2.2 އަގުހުށަހަޅާ އިރު މިއިދާރާއިން ބަޔާންކޮށްފައިވާ ތަކެތީގެ ސާމްޕަލް އަދި ސްޕެސިފިކޭޝަންސް ހުށަހަޅަންވާނެއެވެ.
2.3 މި މަސައްކަތަށް ހުށަހަޅާ އަގުތައް މިއިދާރާއިން ބަލައިގަންނާނީ މި 3.1 ގައި ބަޔާންކުރެވިފައިވާ ތަކެތި ސްޕެސިފިކޭޝަން އާއި އެއްގޮތަށް އަދި މިސްކިތުގައި އަޅަން އެކަށީގެންވާ ތަކެތި ކަމުގައި ވާނަމައެވެ.
2.4 ސާމްޕަލް އަދި ސްޕެސިފިކޭޝަންސް ހުށަނާޅާކަމުގައި ވަނީނަމަ އެފަރާތެއްގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.
2.5 މި ތަކެތި ވާންވާނީ ކުރިން ބޭނުންކޮށްފައިނުވާ މުޅިން އައު ތަކެއްޗަށެވެ.
2.6 ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކުން ލިސްޓުގައިވާ ތަކެތި ގަނެ ތިނަދޫ ކައުންސިލްގެ އިދާރާއާއި ހަމައަށް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށް ދޭން ވާނެއެވެ. އަދި މިއިދާރާއިން ތަކެތި ބަލައިގަންނާނީ ސާމްޕަލް ޗެކްކުރުމަށްފަހުގައި ކޮލެޓީ ޔަގީންކުރުވިފައެވެ.
- 3. ކުރަން ހަމަޖެހިފައިވާ މަސައްކަތް:
3.1 ނެވިލޯން 3 MM ގެ ، ބޮޑުމިން 60X50 ފޫޓް މިއިދާރާއަށް ސަޕްލައިކޮށްދިނުން.
3.2 ބީލަން ކާމިޔާބުކުރާ ފަރާތަކުން ތަކެތި ތިނަދޫ ކައުންސިލްގެ އިދާރާ ހަމައަށް ތަކެތި ފޯރުކޮށްދޭން ވާނެއެވެ.
- 4. އަގު ހުށަހަޅުއްވާއިރު ފުރިހަމަކުރަން ޖެހޭ ކަންތައްތައް:
4.1 އަގު (އެސްޓިމޭޓް/ބީ.އޯ.ކިއު) އާއި ޖީއެސްޓީ ވަކިން އެނގޭގޮތައް ހުށަހެޅުން.
4.2 އަގު ހުށަހަޅުއްވަންވާނީ (މަސައްކަތުގެ/ ތަކެތީގެ) ތެރޭގައި ހިމެނޭ ކޮންމެ ކަމަކަށް އަގުގެ ރޭޓް އެނގޭނޭ ގޮތަށެވެ.
4.3 އަގު ހުށަހަޅާއިރު އަމިއްލަ ފަރުދުންގެ ވިޔަފާރި ހުއްދަ ކޮޕީ / ކުންފުނީގެ/ޕާރޓްނާރޝިޕް ރަޖިސްޓްރީ ކޮޕީ ހުށަހެޅުން.
4.4 ޖީ. އެސް.ޓީ ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. (ރަޖިސްޓްރީ ކޮށްފައިވާނަމަ)
4.5 ހުށަހަޅާ ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ .
4.6 ލިޔެކިޔުން ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރަ ބޭރުގައި އަގު ހުށަހެޅި ފަރާތުގެ ނަން އަދި މަސައްކަތުގެ ސުރުޚީ ޖަހައި މިއިދާރާއަށް ހުށަހެޅުން.
4.7 އަގު ހުށަހަޅާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލްވާނެއެވެ.
- 5. ހުށަހަޅުއްވާ އެސްޓިމޭޓް / އަގުތަކަށް ޕޮއިންޓް ދެވޭނެ އުޞޫލު
- ޕޮއިންޓް ދެވޭ މައިގަނޑު ކަންތައް:
- މަސައްކަތުގެ އަގު 60%
- މަސައްކަތުގެ ތަޖްރިބާ 10%
- މުއްދަތު 30%
- ޕޮއިންޓް ދިނުމުގައި ބެލެވޭނެ ކަންތައްތައް :
6.1 މާލިއްޔަތު ޤަވާޢިދުގެ 45.10 ގެ ދަށުން ހުށައަޅާފައިވާ އަގުތަކާއި، އެތަނަކުން އެކަމަކަށް އަންދާޒާކުރާ އަގާއި އަޅާބަލާއިރު ހުށައަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގުތަކެއްކަން ބެލުން.
6.2 އަގު %60 ( އެންމެ ކުޑަ އަގު ހުށަހަޅުއްވާ ފަރާތަކަށް(
6.3 ތަޖުރިބާ : މި މަސައްކަތުގައި ފާއިތުވެދިޔަ 5 އަހަރު ދުވަހު ލިބިފައިވާ ތަޖްރިބާ ފާއިތުވެދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ ތަކެތި ސަޕްލައި ކޮށްދިނުމާއި މަސައްކަތްކުރުމާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ. މަސައްކަތް ނިންމި ކަމުގެ ލިޔުމުގެ ގޮތުގައި ކުރަމުންދާ މަސައްކަތެއް އަދި އެގްރިމަންޓެއް ނުބެލެވޭނެއެވެ. މިގޮތުން މާކްސް ދެވޭނީ ގިނަ ވެގެން 5 ލިޔުމަށެވެ. ކޮންމެ ލިޔުމަކަށް ދެވޭނީ 2 މާކްސް އެވެ.
6.4 . މުއްދަތު %30( އެންމެ ކުރު މުއްދަތު ހުށަހަޅުއްވާ ފަރާތަކަށް)
6.5 . މަސައްކަތް ހަވާލުކުރުމުގައި އެންމެ ރަނގަޅަށް ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް ކޮށްފައިހުރި ފަރާތަކަށް މަސައްކަތް ކުރުމަށް ހަވާލުކުރެވޭނެއެވެ.
- 7. އަންދާސީ ހިސާބު ބާތިލްކުރުން:
7.1 އަންދާސީ ހިސާބު މަދުވެގެން 3 ފަރާތަކުން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް 3 ފަރާތުން ޝަރުތު ހަމަވަނީ އެންމެފަރާތަކުން ކަމުގައި ވިޔަސް، އެ ހުށަހަޅާ އަގަކީ ޝަރުތު ފުރިހަމަވާ އަދި އެކަށީގެންވާ އަގެއްކަމުގައި ވާނަމަ، އެފަރާތަކަށް ބީލަން ބާތިލްނުކޮށް އެމަސައްކަތް ޙަވާލުކުރެވިދާނެއެވެ.
7.2 އަންދާސީ ހިސާބު ހުށައެޅުމަށްފަހު އަންދާސީ ހިސާބުގެ އަގުތަކަށް ބަދަލެއް ނުގެނެވޭނެއެވެ.
7.3 މަޢުލޫމާތު ކަރުދާހުގެ 2 އަދި 4 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އަގު ހުށަހަޅުއްވާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުވާނަމަ އެފަރާތުގެ ޕްރޮޕޯސަލް ބާޠިލް ކުރެވޭނެއެވެ.
- 8. ނޯޓް:
8.1 އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު ހޮވުނު އަންދާސީ ހިސާބެއް ހުށައެޅިފަރާތަކަށް އެކަން ލިޔުމަކުން އެންގޭނެއެވެ.
8.2 އަންދާސީ ހިސާބު ހުށައެޅުމަށްފަހު އެމަސައްކަތައް ހޮވުނު ފަރާތައް ލިޔުމަކުން އެކަން އެންގުމަށްފަހު އެ މަސައްކަތުން ވަކިވެއްޖެނަމަ، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ކުރުވާ އެއްވެސް މަސައްކަތެއްގައި 1 އަހަރު ދުވަހުގެ މުއްދަތައް އަންދާސީ ހިސާބު ހުށައެޅުމަށް ބައިވެރިއެއް ނުކުރެވޭނެއެވެ.
8.3 އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް ނުހޮވޭ ފަރާތްތަކުން ޕޮއިންޓް ދިން އުސޫލު ބަލަން ބޭނުންނަމަ، އަންދާސީ ހިސާބު ހުށައެޅި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ލިޔުމަކުން ހުށައެޅުމުން ޕޮއިންޓް ލިބުނުގޮތް ބެލޭނެއެވެ.
8.4 އެގްރީމެންޓްގައި ސޮއި ކުރުމަށް އަންގާތާ 02 ދުވަސް ތެރޭގައި ސޮއިކުރުމަށް ވަޑައިނުގަންނަވާނަމަ ދެވަނަ ފަރާތަކަށް އެވޯޑް ކުރެވޭނެއެވެ.
8.5 އަގު ހުށައަހަޅުއްވާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަނުވާ ފަރާތްތަކުގެ އަގުތައް ބާތިލުކުރެވޭނެއެވެ.
8.6 މަސައްކަތައް ފަހުން އަންނަ އުނިއިތުރު ގެ އަގު ކުރެވޭނީ އަގު ހުށައަޅުއްވާއިރު ހުށައަޅާ ރޭޓުންނެވެ.
8.7 އަގު ހުށަހަޅަން ހަމަޖެހިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބިޑްތައްވެސް ބަލައެއް ނުގަނެވޭނެއެވެ.
8.8 މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.