ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދުން
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް
- މެނޭޖްމަންޓް
- ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް ޕޮލިސީ
- މީޑިއާ އެންޑް ޕްރެޒެންޓޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އެންޓަރޕްރިނިއަރޝިޕް
- ޕާސަނަލް މެނޭޖްމަންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ސައިކޮލޮޖީ
- ސޮފްޓް ސްކިލްސް
- ދިވެހިބަސް
- އިނގިރޭސިބަސް
ބޭފުޅުން ހޮވުމުގައި ބަލާނެ ކަންތައްތައް:
- ތަޢުލީމު
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތުގެ ތަޖުރިބާ
އަތޮޅުތަކުގައި ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެ އަތޮޅެއްގެ ނުވަތަ އެ އަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ.
ސިޓީ ފޮނުއްވަވާއިރު އެ ބޭފުޅެއް ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާތައް އެނގޭނެގޮތަށް ޖެއްސެވުން އެދެމެވެ.
ވީމާ، ޓްރެއިނިންގ ނަންގަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އެ ފަރާތެއްގެ ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ޓްރެއިނިންގ ނަންގަވައި ދެއްވުމަށް އެދި ހުށަހަޅާ ފަރާތްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޓްރެއިނަރސް ރަޖިސްޓަރީގައި ހިމެނޭނެކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.