ދިވެހިރާއްޖެ
ލ.ދަނބިދޫ ޞިއްހީމަރުކަޒުގެ އެޓެންޑެންޓް މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. |
|
އެޓެންޑެންޓް |
މަޤާމް: |
J-276018 |
މަޤާމުގެ ނަންބަރު: |
01 (އެކެއް) |
ބޭނުންވާ ޢަދަދު: |
ދާއިމީ |
މަޤާމުގެ ގިންތި: |
އެސް.އެސް-02 |
މަޤާމުގެ ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް-02 |
މަޤާމުގެ ކްލެސިފިކޭޝަން: |
ލ. ދަނބިދޫ ޞިއްހީމަރުކަޒު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
-/3470 |
މުސާރަ: |
-/1000 |
ސަރވިސް އެލަވަންސް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު). 5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1828 ރުފިޔާ (މަހަކު). 6. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް. |
އެހެނިހެން އިނާޔަތްތައް: |
1. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުން. 2. ލޭބަރ ރޫމް، ވޯޑު، އެމެޖެންސީ ޔުނިޓުފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންތަކުގައި ނަރުހުންނަ އެހީތެރިވުން. 3. ހޮސްޕިޓަލުގައި ހުންނަ މެޑިކަލް ވޭސްޓް އަދި ވޯޑުތަކުގައާއު ރޫމުތަކުގައި ހުންނަ ކުނި ނައްތާލައި އަދި އިންސިނަނޭޓް ކުރުން. 4. ކްލިނިކަލް އޭރިޔާގެ ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީސްފަދަ ތަކެތި ފޮޅާސާފުކުރުން. 5. ވޯޑުގެ އެދުތަކުގެ ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓްކުރުން. 6. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން. 7. ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކްލިނިކް އޭރިޔާ ކުނިކަހާ، މޮޕްއަޅާ ސާފުކުރުން. 8. ބަލި މީހުނަށް ފަރުވާ ދިނުމުގައި ނަރުހުންނަށް އަދި ޑޮކްޓަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި އެހީ ފޯރުކޮށްދިނުމާއި ހޮސްޕިޓަލުގައި ހެދިފައި އޮންނަ ގަވާއިދާއި އެއްގޮތައް ވޯޑްތެރެއިން މީހުން ވަނަނުދީ ބެލެހެއްޓުން. 9. ހޮސްޕިޓަލުގައި ދޮންނަންޖެހޭ ތަކެތި ދޮވެހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 10. ޞިއްޙީ ކުއްލި ނުރައްކާތަށް ކުރިމަތިވާ ޙަލަތްތަކުގައާއި، ޤުދުރަތީ ކާރިސާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން. 11. މީގެ އިތުރުން ހޮސްޕިޓަލުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1.ލިޔަން ކިޔަން އެނގުން. ނުވަތަ 2.މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުން ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ
ނުވަތަ
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް. ޕްރިފަރޑް ޑިސިޕްލިން ތައް: ނެތް. ކޯ ޑިސިޕްލިން ތައް: ނެތް. މި މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ފޮޅާ ސާފުކުރުން. |
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. އަސާސީ ޝަރުތު ހަމަވުމުން (%50) 2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5) 3. މަސައްކަތު ދާއިރާއާއި ގުޅޭ ތަޖުރިބާ އަށް (%5) 4. އިންޓަރވިއު (%40) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާ ނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 04 އޭޕްރިލް 2022 އިން 18 އޭޕްރިލް 2022 އާއި ދެމެދު ލ. ދަނބިދޫ ޞިއްހީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6800699 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |
އިތުރު މަޢްލޫމާތު ހޯދުން: |
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |