ދިވެހިރާއްޖެ
ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން އަނބުން އިތުރު ތައްޔާރީ ބާވަތްތައް އުފައްދާ ޕްރޮސެސްކުރުމަށް (ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަށް) ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު
ޗައިނާ ސަރުކާރުގެ އެހީ ލިބިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގަމުންދާ "ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ "ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް" ކޮމްޕޯނަންޓްގެ ދަށުން ރާއްޖޭގައި ހައްދާ އަނބު ޕްރޮސެސްކޮށް، އަނބުން ތަފާތު ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރާތްތަކާއި، ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޝްރޫޢު ހިންގުމަށް އަމިއްލަ ފަރާތެއް، ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުންޏެއް ހޮވާއިރު ދަނޑުވެރި / ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރާތްތަކަށާއި، ޖަމުޢިއްޔާ / ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް މި މަޝްރޫޢު ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޝްރޫޢަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތާއި، ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާބެހޭ ތަފުސީލު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވެބްސައިޓް www.fishagri.gov.mv އިން މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 25ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި ހުށަހަޅުއްވާނީ، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ވެލާނާގެ ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ
ފޯން: 3322625 (960) ފެކްސް: 3326558 (960)
އީމެއިލް: [email protected]/ [email protected]