މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރީޖަނަލް މެނޭޖަރ

މި އިޢުލާންވަނީ 29 މާރިޗު 2022 16:12 ގައި ބާތިލް ކުރެވިފައެވެ.


ނަމްބަރ :28 /2022 /134HR/I                    

             

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ެ  އެސިސްޓެންޓް ރީޖަނަލް މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތ.ފުނައްޑޫ / މިފްކޯ

އަސާސީ މުސާރަ:

10,950.00 ރުފިޔާާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: 6570.00 ރުފިޔާ

ަެއެސިސްޓެންޓް ރީޖަނަލް މެނޭޖަރ އެލަވަންސް: 5500.00 ރުފިޔާ

ތަޢުލީމީ ފެންވަރު /ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމް ޙާސިލްކޮށްފައިވުން.
  2. މެނޭޖްމަންޓް ދާއިރާއިން މަސައްކަތްކޮށް މަދުވެގެން 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  3. ގިނަ މީހުން ގޮވައިގެން މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިހުރި ޤާބިލު މީހެއްކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

ފުނައްޑޫ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް.

ނ- ޕޮލިސް ރިޕޯޓް

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.

- އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުން.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  3 އެޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-          ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

28 މާރިޗު 2022
ހޯދާ