ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން ޕްރެޒެންޓަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.
މި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ހުށަހެޅުމަށް ވޭޖް އުޞޫލުން މަސައްކަތް ކުރާނެ ޕްރެޒެންޓަރެއް ބޭނުންވެއްޖެއެވެ.
|
މަޤާމު |
ޝަރުޠު |
މަސްޢޫލިއްޔަތު |
އުޖޫރަ |
|
ޕްރެޒެންޓަރ |
ދީނީ ޕްރޮގްރާމްތައް ހުށަހަޅާ ދިނުމުގެ ތަޖުރިބާ ލިބިފައިވުން |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ހުށަހަޅައިދިނުން |
ހުށަހަޅައިދޭ ކޮންމެ ޕްރޮގްރާމަކަށް އަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާ. |
މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ 2022 މެއި 05 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ ދީނީ ޕްރޮގްރާމް ހުށަހެޅުމުގެ ޤާބިލްކަން ހުރިތޯ ބަލައި ޓެސްޓް ކުރުމަށް ފަހުގައެވެ.
ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތު ތަޖުރިބާގެ ލިޔުމާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020243 ފޯނަށް ގުޅުއްވުން އެދެމެވެ.
ޕޫލަށް ޕްރެޒެންޓަރުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- ޕްރެޒެންޓަރުން ހޮވުމުގައި ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
24 ޝައުބާން 1443
27 މާރޗް 2022
