ދިވެހިރާއްޖެ
ނަންބަރު: (IUL)199-GAS/199/2022/27
އިޢުލާން
މި އެޖެންސީގެ އޮފީސް ޢިމާރާތުގައި އިލެކްޓްރިކް އަދި ނެޓްވާރކް ކޭބަލް އެޅުން
މި އެޖެންސީ ހިންގަމުންދާ އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާއާއި 6 ވަނަ ފަންގިފިލާގައި ކަރަންޓް ވަޔަރކުރުމާއި އަދި ނެޓްވާރކް ކޭބަލް އަމިއްލަ ތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއިގުޅޭ މަޢްލޫމާތު ޝީޓް މި އިޢްލާނާއި އެއްކަރުދާސްކުރެވިފައިނާވެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް:www.nspa.gov.mvގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
03 އޭޕްރިލް 2022 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
07 އޭޕްރިލް 2022 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353+960-
- ފެކްސް: +960-3003535
- އީމެއިލް: [email protected]