ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/15 |
ތާރީޚް |
24 ޝަޢްބާން 1443 |
|
27 މާރޗް 2022 |
ބީ ޒޯންގެ ލައިސަންސް ދޫކުރުމާ ގުޅޭ:
ގދ.އަތޮޅުގެ ރައްޔިތުން ޓްރެފިކް ޤާނޫނަށް އަހުލުވެރިކުރުމާއި،އެޤާނޫނުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމަށް ބާރުއަޅައި،އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ގދ.އަތޮޅު ކައުންސިލްގެ ޓީމެއް ގދ.ވާދޫ އަށް ދަތުރުކޮށް ބީ ޒޯންގެ އެއްގަމު ލައިސަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.މިދަތުރުގައި އެއްގަމު އުޅަނދު ދުއްވުމުގެ ޓްރެފިކް ޤަވާއިދު ކިޔަވައި ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އެހެން ކަމުން ބީ ޒޯންގެ އެއްގަމު ލައިސަންސް ބޭނުންވާ ފަރާތްތަކުން 04 އެޕްރީލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ( އެއްގަމު ލައިސަންސް އަށް އެދޭ ފޯމް ) ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އެއްގަމު ލައިސަންސް އަށް އެދޭ ފޯމް
- ލައިސަންސްއަށް އެދޭ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ( ނެގިފަހުން 03 މަސް ހަމަނުވާ )
- ލައިސަންސްއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ
އެޕްލިކޭޝަން ފޯމް ރަސްމީ ދުވަސްތަކުގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
އެހެން ކަމުން މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް