ދިވެހިރާއްޖެ
ކުރިއަށް މި އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމުން އަޅުގަނޑުމެންނަކީ އެމަހަށްޓަކައި ގެއާއި، ގޯތި ތެރެ ޒަމާނުއްސުރެ ސާފުތާހިރުކުރަމުން އަންނަ ބަޔަކީމެވެ. ހަމަ އެއާ އެކު ތިމާޔާ ތިމާގެ އަޙުންނާ އުޙުތުން ހިނގާބިގާވެ އުޅޭ މަގުތަކަކީވެސް ހަމަ އެފަދައިން ސާފުތާހިރު ޒީނަތްތެރި ތަނަކަށް ހެދުމަކީ ހަމަ ކޮންމެ ރައްޔެތެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވާންވާނެއެވެ. ގެއާއި އިންވެގެން އޮންނަ މަގުތައް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެހާ ރައްޔިތުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ ތިމާޔާ ތިމާގެ ، އެންމެހާ އަޙުންނާ އުޙުތުން އެކަމަށް ތަޢުރީފްކޮށް އިޙްތިރާމާއެކީ އެކަން ފާހަގަ ކުރާނެ ކަމެކެވެ. އެނގި ލައްވާނެ ފަދައިން މަގުތަކަކީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރަށުން ބޭރުން ރަށަށް ޒިޔާރަތް ކުރައްވާ އެންމެހާ ފަރާތްތަކުން ބޭނުންހިފަން ޖެހޭނެ ތަނަކަށް ވީހިނދު މަގުތަކަކީ ސާފުތާހިރު ހިނގާބިނގާވެ އަދި ދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކަށް ހިއްގައިމު ހިއްފަސޭހަ ތަނަކަށް ހެދުމައްޓަކާ ރަށުގެ މަގުތަކުގައި ބެހެއްޓިފައި ނުވަތަ ބަހައްޓާފައިވާ ތަކެތި ކުރިޔަށް އޮތް ރަމަޞާން މަސް ފެށުމުގެ ކުރިން ނަންގަވާ މަގުތައް ޒީނަތްތެރި ކޮއްދެއްވުމަށް އެންމެހާ ރައްޔިތުންނަށް ދަންނަވަމެވެ. މިފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުން ފަރާތުން ކައުންސިލަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ފައްފަށުން ޝުކުރު ދަންނަވަމެވެ.