ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ ( އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތް ނިއްމުން)

އަންދާސީ ހިސާބު ބޭނުންވެއްޖެ

            ކޮޅުމަޑުލު ކިނބިދޫ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް ނިއްމައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ IUL393/393/2022/24 (20 މާރިޗް 2022) އިޢްލާނާ އެކުގައިވާ ބިޑާބެހޭ މަޢްލޫމާތުތައް ފުރިހަމަ ނުވާތީ، އެއިޢްލާން ބާތިލްކޮށް، އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. އިޞްލާޙް ކުރެވިފައިވާ ބީލަމާބެހޭ މަޢްލޫމާތުތައް މިއިޢްލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުން

ރަޖިސްޓަރީ ކުރުމުގެ މުއްދަތު: މިއަދުން ފެށިގެން 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރީން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން: ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް އިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކުރުން

މަޢްލޫމާތު ސާފުކޮށް ދިނުން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

އީމެއިލް އެޑްރެސް: [email protected] 

ފޯނު ނަމްބަރ: 9967909

މަޤާމު: ކައުންސިލް އެގްޒެކެޓިވް، މުޙައްމަދު ޢަބްދުﷲ

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ތާރީޚް: 03 އޭޕްރިލް 2022  އާދިއްތަ ދުވަހުގެ 11.00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

27 މާރިޗު 2022
ހޯދާ