މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ސެމްސަމްގް 85 އިންޗީގެ ސްމާރޓް ޓީ.ވީ އެއް ހޯދުމަށް.
ޕްރޮޖެކްޓް ނަންބަރު: PC-942022W-14
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ސެމްސަމްގް 85 އިންޗީގެ ސްމާރޓް ޓީ.ވީ އެއް ހޯދުމަށް ބޭނުންވެއެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 27 މާރިޗު 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
- ބީލަން ހުށައެޅުން އޮންނާނީ 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330470, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
27 މާރިޗު 2022
ހޯދާ