މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގޮތުގައި ބޭނުން ކުރުމަށް

މި މިނިސްޓްރީގެ ވޭން (B1A4486) ގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގެ ގޮތުގައި ބޭނުން ކުރުމަށް މޮޑިފައި ކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/168) އާ ގުޅިގެން އެންމެ ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވާތީ އެއިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީގެ ވޭން (B1A4486) ގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގެ ގޮތުގައި ބޭނުން ކުރުމަށް މޮޑިފައި ކުރުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ