ދިވެހިރާއްޖެ
(IUL)120-A/1/2022/32 :ނަންބަރު
އިޢުލާން
2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސް.އެސް.ސީ އިމްތިހާނުގައި މިޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.
2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސް.އެސް.ސީ އިމްތިހާނުގައި މި ޑިޕާޓްމަންޓުގެ ފަރާތުން ޕްރައިވެޓްކޮށް ބައިވެރި ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ 2022 މާރިޗް 27 ވާ އާދިއްތަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެއެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ރަސްމި ދުވަސްދުވަހު ހެނދުނު 08:30 އިން 13:30 އަށް، މި ޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރާނީ ކެންޑިޑޭޓުގެ އައި.ޑީ ކާޑުގެ އޮރިޖިނަލް، ކޮޕީއެއް ނުވަތަ ފޮޓޯއެއް ގެނައުމުންނެވެ.
ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2022 މާރިޗް 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން، ކެންޑިޑޭޓުގެ އައި.ޑީ ކާޑު އަދި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީ އެޓޭޗްކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
24 ޝަޢުބާން 1443
27 މާރިޗް 2022