ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ސިޓީ / ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުޞަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން
01 އެޕްރީލް 2022 އިން ފެށިގެން މި ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ.
ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އެޖެންސީތަކުން "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 31 މާރިޗު 2022 ގެ 13:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، ދަފްތަރުކުރެވޭނީ ތިރީގައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 އެޖެންސީއެވެ. އެ ގޮތުން ބެލޭނެ ކަންތައްތަކަކީ،
- ވޭތުވެ ދިޔަ މުއްދަތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޞިއްޙީ ޚިދުމަތްތެރިން ގެނެސްފައިވާ ޢަދަދު
- ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް އެޕްލިކޭޝަން ހުށަހަޅާފައިވާ ޢަދަދު
- ރިކްރޫޓްކުރުމުގައި ގިނަ ޤައުމުތައް އިޚްތިޔާރުކޮށްފައިވާ މިންވަރު.
މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު 1 އަހަރު ދުވަހުގެ މުއްދަތަށް ދެވިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6524027 އަށް ގުޅުއްވުން އެދެމެވެ.
26 މާރިޗު 2022