ދިވެހިރާއްޖެ
މި ސެންޓަރު ނަމްބަރު (IUL)CHSE-SMT/1/2014/18 އިއުލާން އެޑްމިނިސްޓްރޭޓަރގެ މަޤާމް ކެންސަލްކޮށް އަލުން މި މަޤާމަށް އިޢުލާނުކުރީމެވެ.
މަޤާމު: އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1
މަޤާމްގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 1
ރޭންކް: އެމް.އެސް 3
މުސާރަ: -/7035 ރުފިރާ
ސަރވިސް އެލެވަންސް: -/2000 ރުފިޔާ
މެޑިކަލް އިންޝުއަރެންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަދާ ކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން/މާލެ
އަސާސީ ޝަރުޠު:
1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ
2-އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަށް:
* އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.
* އަލަށް މާލެއަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި، ވިސާއާއި ވާރކްޕަރމިޓްގެ ކަންތައްތައް ދުވަހުން
ދުވަހަށް ބަލަހައްޓައި ކުރިއަށްގެންދެއްވުން.
* ޔައުމިއްޔާ ލިޔުއްވުމާއި ފައިލްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަންކުރާގޮތް ބެލުން.
* ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ ރަޖިސްޓަރީ ކަންތައްތައް ބެލެހެއްޓުން.
* މި ސެންޓަރުގެ ހުރިހާ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ ހާޒިރީއާއި ޓީޗަރުންގެ ހާޒިރީ ބެލެހެއްޓުން.
* ޢިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.
* މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ޤަވާއިދުން ކުރޭތޯ ބެލުން.
* މަސައްކަތުމީހުންގެ މަސައްކަތްތައް ކުރަމުންދާގޮތް ޤަވާއިދުން ބެލެހެއްޓުން.
* އެކި މުނާސަބަތުތަކަށް ހޯލާއި ކްލާސް ރޫމްތައް، ކަނޑައަޅޭ ތާވަލާ އެއްގޮތަށް މަސައްކަތު މީހުން ލައްވާ ތައްޔާރުކުރެއްވުން.
* ސްކޫލް ބޯޑުގެ މަސައްކަތާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރެއްވުން.
* ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރެއްވުން.
* މުސާރަދިނުމުގެ މަސައްކަތް ބެލެހެއްޓުން.
* މުވައްޒަފުންގެ ޗުއްޓީގެ ކަންތައް މަސައްކަތަށް ދަތިނުވާނެހެން ރާވައި ބެލެހެއްޓުން.
* މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުން.
* އެގްޒާމްތަކަށް ގޮނޑިމޭޒުފަދަ ތަކެތި ޖެހުމުގެ ކަންތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
- ޕްރެޒެންޓޭޝަން ހުށަހެޅުން
އިންޓަރވިއުކުރުންް
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 18 ސެޕްޓެންބަރު 2014 އާއި 24 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރިޑެޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމެއް އަދި އުޅެފައިވާ މަޤާމު، ރޭންކް މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
މިމަޤާމަށް ކުރިލަތިލައްވަން އެދިވަޑަގަންނަވާ ބޭފުޅުން މަތީގައި މިވާ ލިޔުންތައް 15 ސެޕްޓެމްބަރ 2014 ވާ ހޯމަ ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލު ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނޭއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަމްބަރު 3321330 އާ ގުޅުއްވުން އެދެމެވެ.