މާފުށީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމު: އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:  1

ވަޒީފާ އަދާކުރަންޖެހޭ ތަން: ކ. މާފުށީ ސްކޫލް

 

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

GS3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

-/4465 ރުފިޔާ

-/1500 ރުފިޔާ

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްކޫލްގެ އިންޓާނަލް ނެޓްވޯކާއި، ސާރވަރފަދަ ނެޓްވޯކްތައް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  • ސްކޫލްގެ ކޮމްޕިއުޓަރތަކަށް ދިމަވާ މައްސަލަ ޙައްލުކުރުމާއި،  އަމިއްލައަށް ޙައްލުނުކުރެވޭފަދަ ކަމެއްނަމަ ސަރުކާރުގެ ގަވާއިދާ  އެއްގޮތްވާގޮތުގެމަތިން ބަޔަކު ހޯދައިގެން ވެރިއެއްގެ އިރުޝާދުގެމަތިން މައްސަލަ ޙައްލުކުރުން.
  • ކޮމްޕިއުޓަރުތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ޙައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި އެ ބޭނުންކުރާނެގޮތުގެ އިރުޝާދުދީ، މުވައްޒަފުންނާއި ދަރިވަރުންނަށް ތަމްރީނު ދިނުން.
  • ކޮމްޕިއުޓަރު ފޯމެޓްކުރުމާއި، ސޮފްޓްވެއަރ ހޯދުމާއި، އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން.
  • ސްކޫލްގެ ކޮމްޕިއުޓަރުތަކަށް އެންޓިވައިރަސް އަޅައި އެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޕްރިންޓަރ، ފެކްސް، ފޯން ލައިންތަކަށް ދިމާވާ މައްސަލަތައް ވީހާ އަވަހަކަށް ރަނގަޅުކުރުމާއި، އަމިއްލައަށް ރަނގަޅު ނުކުރެވޭކަމެއް ދިމާވެއްޖެނަމަ، އެކަމަކާ ގުޅޭ ވެރިއެއް މެދުވެރިކޮށް އެކަމެއް ޙައްލުކުރުން.
  • ސްކޫލްގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ސައުންޑު ތައްޔާރުކޮށް، އެކަން ބެލެހެއްޓުން.
  • އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން.
  • ސްކޫލްގެ ކޮމްޕިއުޓަރ ލެބާއި ކްލާސްތަކުގައި ހަރުކޮށްފައި ހުންނަ އައި.ޓީއާ ގުޅުންހުރި ތަކެތި ބެލެހެއްޓުން.  
  • ހަވާލުކުރާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.
  • ސްކޫލްގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރާ މަސައްކަތް ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 ސުންގަޑި:

     ޝަރުޠުހަމަވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މިސްކޫލަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 6640471 ނަންބަރާ ގުޅުން އެދެމެވެ.

އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ތަނާއި، ތާރީޚު:

 އިންޓަރވިއުކުރުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެންބަރު 2014 ވާ ބުދަދުވަހުގެ މެންދުރުފަހު 14:30 ގައި މާފުށީ ސްކޫލްގައެވެ.

 ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް. (ވަޒީފާއަށް އެދޭފޯމް ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދީފައިވާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތުހަމަނުވާ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު/ސީ ވީ ( ގުޅޭނެ ނަންބަރާއެކު)

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އަދި އެކަން ކަށަވަރުކުރާނީ އިންޓަރވިއުއަށް އެމީހަކު ހާޒިރުވާއިރު އެ ލިޔުންތަކުގެ އަސްލުގެނެސް ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކޮށްގެންނެވެ.              

05 ޛުލްޤަޢިދާ  1435

31 އޮގަސްޓް 2014
ހޯދާ