މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ   

މުސާރަ:  4465.00 ރުފިޔާ

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް/ޒުވާނުންގެ މަރުކަޒު

މަސައްކަތްކުރަންޖެހޭ ގަޑި: ހަވީރު 16.00 ން ރޭގަނޑު 23.00 އަށް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މާލޭ ސަރަހައްދުގެ ޒުވާނުން މަރުކަޒުތަކުގެ (ހުޅުމާލޭ މިނީ ޔޫތު ސެންޓަރ، ވިލިމާލޭ ޔޫތު ސެންޓަރ، ގަލޮޅު އެކްޓިވިޓީ ސެންޓަރ، މުނިއުފާ ޔޫތު ސެންޓަރ، މާފަންނު ޒުވާނުން މަރުކަޒު) ޑިއުޓީތަކަށް ނުކުތުން.
  2. ބާއްވާ އެކި އެކި ކުޅިވަރު މުބާރާތްތަކާއި ފަރިތަކުރަމުން ދަނީ ތާވަލްގައިވާގޮތުގެމަތިންތޯ ޗެކުކޮށް، އެއްވެސް މައްސަލައެއްވާނަމަ، ސުޕަރވައިޒަރަށް ރިޕޯޓްކުރުން.
  3. ކުޅިވަރު ކުޅެމުންދާއިރު، އެތަނަށް ގޮސް އެތަނުގެ ކަންތައް ހިނގާނުހިގާގޮތް ބެލުމާއި، އަންނަ މެންބަރުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމްކުރުން.
  4. ކުޅިވަރުތައް ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ޤަވާޢިދުން ދޫކުރުމާއި، އެ ތަކެތި ބެލެހެއްޓުން.
  5. މަރުކަޒަށް ޒިޔާރަތްކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުންނަނީ މަރުކަޒުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، އެކަން ސުޕަރވައިޒަރަށް ރިޕޯޓްކުރުން.
  6. މަރުކަޒުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަރުކަޒުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން މަސައްކަތްކުރުން.
  8. އޮފީސް ހުޅުވައި ލެއްޕުމާއި ޑިއުޓީއަށް ޤަވާޢިދުން ނުކުތުން.
  9. ޒުވާނުންގެ މަރުކަޒުން އިންތިޒާމްކުރާ އިޖުތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގެ އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ނޯޓް:

- މި މަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި، މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތަކުގެ ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ. ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347465 އަށް

06  ޛުލްޤަޢިދާ  1435

01 ސެޕްޓެންބަރު 2014
ހޯދާ