މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި. ޓީ އެޑްމިނިސްޓްރޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                        އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2022/22

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އައި. ޓީ އެޑްމިނިސްޓްރޭޓަރ

-  މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

 - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

 - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

 - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/7,50 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

 ބޭނުންވާ އަދަދު: 1

 1- ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު   ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ ހާޑްވެއަރ އަދި ނެޓްވޯކިންގެ އެންމެހާ މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ބެލެހެއްޓުން

- މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުމާއި ސަރވާއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން

- މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ، ހޯދަންޖެހޭ ސޮފްޓްވެއަ ތައް ހޯދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ނެޓްވޯކިންގއަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

- މި ކޯޕަރޭޝަންގެ ކޮމްޕިއުޓަރ އިންފްރާންސްޓްރަކްޗަރގެ އެންމެހާ މަސައްކަތްތައް ކުރުން

- މި ކޯޕަރޭޝަނުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން

- މިކޯޕަރޭޝަނުގެ އީމެއިލް އެކައުންތައް މެއިންޓެއިންކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަންގެ އައި.ޓީ ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ކުރުން

- މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން.

 

 3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

31 މާރިޗު 2022 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4- ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. ޕޮލިސް ރިޕޯޓް

 5- އިތުރު މަޢްލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads )   މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6- އެޑްރެސް ކުރައްވާނީ:

 ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                24 މާރިޗު 2022 

 

24 މާރިޗު 2022
ހޯދާ