ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ޕޯލިއޯ ވެކްސިންއަކީ އަނގައަށް ދޭންޖެހޭ ވެކްސިންއެއް ކަމަށްވެފައި، މިއީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންއަކަށް ނުވާތީވެ، ޙައްޖު/ޢުމްރާ އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
އޮފީސް ހުޅުވާ ތާރީހް / ދުވަސް |
ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި |
04 އޭޕްރީލް 2022 (ހޯމަ) |
ރޭގަނޑު 9:00 އިން 10:00 އަށް |
07 އޭޕްރީލް 2022 (ބުރާސްފަތި) |
ރޭގަނޑު 9:00 އިން 10:00 އަށް |
11 އޭޕްރީލް 2022 (ހޯމަ) |
ރޭގަނޑު 9:00 އިން 10:00 އަށް |
14 އޭޕްރީލް 2022 (ބުރާސްފަތި) |
ރޭގަނޑު 9:00 އިން 10:00 އަށް |
18 އޭޕްރީލް 2022 (ހޯމަ) |
ރޭގަނޑު 9:00 އިން 10:00 އަށް |
21 އޭޕްރީލް 2022 (ބުރާސްފަތި) |
ރޭގަނޑު 9:00 އިން 10:00 އަށް |
އަދި 1443 ވަނަ އަހަރު ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން 31 މާރޗް 2022 ގެ ކުރިން މިހާރު ލިބެންހުރި ޢުމްރާ ވެކްސިންޖަހާ ނިންމެވުމަށް ސަމާލުކަން ދެއްވުންވެސް އެދެމެވެ. 1443 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައިވަނީ 09 މެއި 2022 އިން ފެށިގެން ކަމުގައި ދަންނަވަމެވެ.